ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ޕްރޮގުރާމެއް ހިންގަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މި ކަން ހާމަކޮށް މީޑިއާ ކައުންސިލުންކުރި އިޢުލާނެއްގައި ބުނީ ނޫސްވެރިކަމުގެ އަސާސީ ޕްރޮގުރާމުގެ ނަމުގައި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ޕްރޮގުރާމެއް ހިންގަން ނިންމާފައިވާކަމަށެވެ. އަދި މި ޕްރޮގުރާމު ކުރިއަށްދާނީ އޮޮންލައިންކޮށްކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ
އެއްހަފުތާގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގުރާމު ފަށަން ހަމަޖެހިފައިވަނީ މި މަހު 16 އިގައި ކަމަށާއި ހިލޭ ބައިވެރިވެވޭ މި ޕްރޮގުރާމު ކުރިއަށްދާނީ ރޭގަނޑުގައި ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ހާމަކުރިގޮތުގައި މި ޕްރޮގުރާމުގައި ކިޔަވައިދޭނީ ރާއްޖޭގައިތިބި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނެވެ.
މީގެ އިތުރުން މި ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވކަމަށް ވެސް މީޑިއާ ކައުންސިލުން ހާމަކުރެއެވެ.
މީޑިއާ ކައުންސިލުން ހާމަކުރިގޮތުގައި މި ޕްރޮގުރާާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށްފައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ.