ނ.ކެނދިކުޅުދޫގައި ސަރުކާރުން އަޅަންފެށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
މި ކަން ހާމަކުރައްވައި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނ.ކެނދިކުޅުދޫގައި ސަރުކާރުން އަޅަންފެށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުކަން ފާހަގަކުރައްވައި އެ މަސައްކަތަށް އެ ރަށުގެ ކައުންސިލުގެ ފަރާތުން ލުބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވައި މަޙްލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މަޙްލޫފް އިތުރަށް ވިދާޅުވި ގޮތުގައި ރ.އަލިފުށީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަފްތާއެއްގެތެރޭގައި ނިމޭނެއެވެ. ހަމައެއާއެކު ލ.ގަމުފެ އިތުރުން ފުވައްމުލަކު ސިޓީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ފަށާނެކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވަނީ މި ރަށްތަން ފުޓްބޯޅައިގެ ތަރިންތަކެއް ފެންނާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.
ކެނދިކުޅުދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާއިރު އެ މަސައްކަތަށް 2,024,600.00
ރ. ސަރުކާރުން ޚަރަދުކޮށްފައިވެއެވެ.