ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި މިހާރުން މިހާރަށް “އަލިފާން ރޯކޮށްލަން“ ގޮވާލުމާއި ގުޅިގެން ޕީޕީއެމްގެ އިސްވެރިޔެއްކަމުގައިވާ ޢައްބާސް ޢާދިލް ރިޒާ އެކަމަށް ތާއީދުކުރައްވައި ހިތްވަރުދެއްވައިފިއެވެ.
ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލަން ޢާންމު ރައްޔިތަކު ގޮވާލާފައިވަނީ ޗެނަލް 13 ގެ “ރައްޔިތުންގެ އަޑު“ ޕްރޮގުރާާމުގައި ވާހަކަ ދައްކަމުންނެވެ.
މި ގޮތުން ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖަހަން ގޮވާލާފައިވާ މައްސަލަ ބަލަމުން އަންނަކަމަށް ފުލުުން ބުނުމާއެކު ޢައްބާސް ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަންކަން ނަގައިލާ ހިސާބުން އަލިފާން ވެސް ހުއްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާގެ ސިފައިން ރާއްޖެ އަރުވަން ޓީވީ ގައި ގޮވިމީހުންނަށް ޓެރަރިޒަމްގެ ދައުވާނުކޮށް އެހެންމީހަކު ގަންހިންގުމަށް ދޫނުކުރެވޭނެކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.
ޢައްބާސްގެ މި ޓްވީޓާއި ގުޅިގެން ގިނަބަޔަކު އަންނަނީ ޢައްބާސް މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭކަމަށް ވިދާޅުވެ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.