ފުވައްމުލަކު ސިޓީގައި މާރާމާރީ ހިންގި 02 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ވޭތުވެދިޔަ ހުކުރުދުވަހު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައަކާއި ގުޅިގެން 02 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ގޮތުން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ދިވއހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި 02 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ކޯޓުން 10 ދުވަސް ދީފައިވާކަމަށެވެ.
މި ގޮތުން މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.