އާދިއްތަ, ފެބްރުއަރީ 28, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އާސަންދަ އިން އުސޫލާއި ޚިލާފަށް ފައިސަަގެ އެހީ ދީފައިވޭ – އޮޑިޓް ރިޕޯޓު

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
ސެޕްޓެމްބަރ 5, 2020
ޚަބަރު
0
ބޭސްފަރުވާއަށް ފޮނުވި 3 ދިވެއްސަކު ނިޔާވެއްޖެ – އާސަންދަ

ފޮޓޯ: އަވަސް

އިންޑިޔާ އަދި ސްރީލަންކާގެ ބޯޑަރު ކޯވިޑް-19ގެ ސަބަބުން ބަންދުކުރުމާއި ގުޅިގެން ރާއްޖެ ނާދެވި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރީ ދުވަސްތަކަށް 3 މީހަކަށް 116,807 ރުފިޔާ އާސަންދަ ކުންފުނިން ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ADVERTISEMENT

ކޯވިޑް-19ގެ ސަބަބުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، ”އެންސްޕާ“ އާއި އާސަންދަ ކުންފުނިން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ގޮތުންނާއި އެންސްޕާ އާއި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި މައްސަލަތަކެއްހުރިކަން އޮޑިޓަރ ޖެނަރަލް ނެރެފައިވާ އޮޑިޓް ރިޕޯޓުގައިވާ ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ އާއި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންނަށް ހުރުމަށާއި ކެއުމަށްދޭ އެލަވަންސް ދިނުމަށް ކަނޑައެޅި ”އޮޕަރޭޓިންގ ޕްރޮސީޖަރ“ ގައި އެހީ ދެވޭނީ ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުން ފެށިގެން ލޮކްޑައުން ފިލަންދެންނުވަތަ އެމީހުން ރާއްޖެ އާދެވެންދެކަމަށް ބުނެފައިވާއިރު މިއަހަރުގެ ޖޫން މަހު 30ގެ ނިޔަލަށް އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ މީހުންގެ ތެރެއިން 3 މީހަކަށް ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރިއަށް 116,807 ރުފިޔާގެ ފައިސާގެ އެހީ ދީފައިވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އުސޫލުގައިވާގޮތުން މި ތިން މީހުންނަށް ދޭންޖެހެނީ 28,913 ރުފިޔާއެވެ.

މީގެ އިތުރުން ފައިސާގެ އެހީ ދޭންޖެހޭ ބައެއް ފަރާތްތަކަށް އެއް މުއްދަތަކަށް 2 މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ މައްސަލަ ވެސް މި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެނބުރި ރާއްޖެ ނާދެވިފައިވާ 4 ފަރާތަކަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުންޏާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން 21033 ރުފިޔާ އިތުރަށް ދީފައިވާކަން އޮޑިޓަރ ޖެނަރަލްވަނީ ފާހަގަކުރައްވާފައެވެ.

 ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުންޏާއި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9498 ރުފިޔާ ނިޔާވި ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަވެއެވެ.

ފައިސާގެ އެހީ ދިނުމުގައި އުނިއިތުރު ހުރިކަން މި އޮޑިޓް ރިޕޯޓުގައިވެއެވެ. އެގޮތުން އާސަންދަ އާއި އެންސްޕާއިން 30 ޖޫން 2020 ގެ ނިޔަލަށް 42408 ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށާއި 7520ރުފިޔާ މަދުން ޚަރަދު ކުރިކަން ހަމަވެއެވެ.

ދައުލަތުން ކުރަން ނުޖެހޭ ޚަރަދުތައް ކުރެވިފައިވާކަން ފާހަގަކޮށް އޮޑިޓަރ ޖެނަރަލްވަނީ ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބުނު ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެކަން މިރިޕޯޓުގައި ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓައިލަންޖެހޭ: ޑރ.އިބްރާހިމްދީދީ

މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓައިލަންޖެހޭ: ޑރ.އިބްރާހިމްދީދީ

ފެބްރުއަރީ 28, 2021
ހުޅުމާލޭ ޖަލުން ފިލައިގެންދިޔަ މީހާ ހޯދައިފި

ހުޅުމާލޭ ޖަލުން ފިލައިގެންދިޔަ މީހާ ހޯދައިފި

ފެބްރުއަރީ 28, 2021
އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލަށް ފިޔަވަޅުއަޅަން ނިންމައިފި

ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކުގެ މައްޗަށް، މީހަކު މެރިކަމުގެ ތުހުމަތު

ފެބްރުއަރީ 28, 2021
ގަމު ހޮސްޕިޓަލަށް ގެންދިޔަ ފޮނަދޫ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ގަމު ހޮސްޕިޓަލަށް ގެންދިޔަ ފޮނަދޫ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފެބްރުއަރީ 28, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In