ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރުކުރި 11:45 އިން ފެށިގެން ހަވީރު 16:00 އަށެވެ.
މެޓް އޮފީހުން ހާމަކުރިގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެއެވެ.
ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.
މިއަދު 12:00 ގައި ހުދު ސަމާލު ނެރެފައިވާއިރު މި ވަގުތު ހަވީރު 16:00 އަށް ދިގުދެމިގެންދާނެއެވެ. މި ގޮތުން މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.