ފިއުލް ސަޕްލައި މޯލްޑިވްސް އިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލްކުކޮށް ގަންނަ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
ފިއުލް ސަޕްލައި މޯލްޑިވްސްގެ އިޢުލާންގައި ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ކޮންމެ ޑީސަލް ލީޓަރަކުން 35 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 29 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.
މި ބަދަލުތަކާއެކު މިހަރު ޑީސަލް ލީޓަރެއް 8.71 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.07 ރުފިޔާއަށެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ކޯވިޑް-19ގެ ސބަބުން އައިސްފައިވާ ބަދަލާއެކު އެސްޓީއޯއިން އެކި ފަހަރު މަތިން ތެލުގެ އަގު ކުޑަކޮށްފަ އެވެ.
ނަމަވެސް ޤައުމުތަކުން ދަތުރުތައް ފެށުމާ އެކު ތެލުގެ އަގު އަނެއްކާ ވެސް ދަނީ އުފުލެމުންނެވެ.