ކޯރަލް އެކަޑަމީން ބޭސިކް އޮފް ގުރައުންޑް ހެންޑްލިން ކޯހެއް ފަށަން ނިންމައިފިއެވެ.
މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓޭންބަރު މަހުގެ 17 ވަނަ ދުވަހު ކުރިން ރަޖިސްޓާރ ވުމަށް ކޯރަލް އެކަޑަމީންއެދެއެވެ.
ކޯހަށް އެދޭފޯމް www.coralgroup.mv ލިބެނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3000733 ފޯނު ނަންބަރާ ގަޅުމަށްއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސިކް އޮފް ގުރައުންޑް ހެންޑްލިން ކޯހަށް 2،500 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ކޯރަލް އެކަޑަމީއަކީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޚިދުމަތް ދެމުންދާ އެކެޑެމީއެކެވެ. މީގެ އިތުރުން ކޯރަލް އެކަޑަމީއަކީ އިންޓަނޭޝަނަލް އެއާރ ޓުރާންސްޕޯޓް އެސޯސިއޭޝަންގެ އެޕްރޫވް ކޮލިފައިޑް ސެންޓަރެކެވެ. ކޯރަލް އެކަޑަމީން IATA ގެ ކޯސްތައް ވެސް ރާއްޖޭގައި ހިންގާކަން ފާހަގަ ކޮލަމެވެ.