ހުކުރުދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ކޮވިޑް-19 އަށް އިތުރު 125 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މި ގޮތުން އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެތެރޭގައި 112 ދިވެހިންގެ އިތުރުން 13 ބިދޭސީން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 106 މީހުންނާއި ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ 19 މީހުންކަމަށް ވެސް އެ އެޖެންސީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ބަލިޖެހުނު މީހުންގެތެރެއިން އިތުރު 180 މީހުން ރަނގަޅުވެފައިވާ ކަމަށް ވެސް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 5822 އަށް އަރާފައިވާކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
މި ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 2629 މީހުންނަށެވެ. އޭގެތެރެއިން 168 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ.
ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ޖުމްލަ 8486 އަށް އިތުރުވެފައެެވެ. މި ބަލި ޖެހިގެން 29 މީހަކު ނިޔާވެފައިވެއެވެ.