ރައީސް ނަޝީދުގެ ޒަޢާމަތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަންކުރެއްވި މުސާ ޢަލީ ޖަލީލާއި ދިމާއަށް އެއްވެސް މީހަކަށް “ބާޣީ“ އޭ ގޮވުުމުގެ ފުރުސަތެއް ނޯންނާނެކަމަށާއި އެއްވެސް ބަޣާވާތެއްގައި ބައިވެރިވެފައި ނޯންނާނެކަމަށާއި އެފަދައިން މީހަކު ބުނެ ކޯޓަށް ހުށަހަޅައިފިނަމަ އެކަން ސާބިތުކޮށްދެއްވާނެކަމަށް ޖަލީލް ވިދާޅުވެެއްޖެއެވެ.
މި ގޮތުން ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ ޑިމޮކްރެޓިކް ނިޒާމެއް އޮތް ޤައުމެއްކަމަށެވެ. އަދި ހުރިހައި އެންމެންނަށް ވެސް އިޙުތިރާމުކުރައްވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް “ބާޣީ“ އޭ ގޮވުުމުގެ ފުރުސަތެއް ނޯންނާނެކަމަށާއި އެއްވެސް ބަޣާވާތެއްގައި ބައިވެރިވެފައި ނޯންނާނެކަމަށް ޖަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލީލު ވަނީ އެކަމާމެދު ޝުބުހައެއް އޮތްނަމަ “ތިޔަ ބޭފުޅުންގެ ލީޑަރު ގާތު އައްސަވައިގެން ނުވަތަ ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން“ އެކަން ބެލުމަށް އެދިލައްވާފައެވެ. އަދި ބެލިނަމަވެސް އެއްވެސް ބަޣާވާތެއްގައި ބައިވެރިވެފައި ނޯންނާނެކަން ސާބިތުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއެކު ދެން ވެރިކަން ކުރެއްވި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމަށް ވަޑައިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުން ޖަލީލް ވަނީ ވަކިކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ޔާމިނުގެ ޒަޢާމަތުގައި ވަނީ ޖަލީލް އެ މަޤާމުން ވަކިކުރައްވާފައެވެ.