ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނުގެ އައްސޭރިއަށް އަރާނެ ކަމަށް ބެލެވޭ ޓައިފޫން ހައިޝެންއާއި ދެކޮޅަށް އެ ޤައުމުގެ 22000 ސިފައިން އެލާޓަށް ނެރެ ތައްޔާރުވެއްޖެއެވެ.
އެ ޤައުމުގެ ޑިފެންސް މިނިސްޓަރ ޓަރޯ ކޯނޯ ވިދާޅުވާ ގޮތުގައި، އެ ޤައުމުގެ 22000 ސިފައިން މިހާރު ތިބީ ތައްޔާރީ ޙާލަތައް ގެނެސްފައެވެ. އެންއެޗްކޭ ޗެނަލްއަށް ދިން ބަސްދީގަތުމެއްގައި ޓަރޯ ވިދާޅުވޮގޮތުގައި، ޑިފެންސް އޮތީ ވެދާނެ ކޮންމެ ކަމަކަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
އިއްޔެގެ ވަގުތެއްގައި ޖަޕާނުގެ މޫސުމާބެހޭ އިދާރާ ތަކުން ބުނާ ގޮތުގައި، މި ޓައިފޫންގެ ސަބަބުން ރާޅު ބޮޑުވާނެ ކަމަށާއި، މި ރާޅު ބޮޑުވުމުގެ ސަބަބުން ސުނާމީ ތަކަކާއި އެއްވަރަށް ރާޅު ބޮޑު ވުން އެކަށީގެންވެއެވެ.
ޓައިފޫން ހައިސެން ގެ އެތެރޭގެ ޕްރެޝަރު ހުރީ 920 ހެކްޓޯ ޕެސްކަލްސްގައެވެ. އަދި ގަޑިއަކު 252 މޭލު ބާރު މިނުގައި ވައި ޖެހޭނެއެވެ.
ހައިޝެން މިއަދުގެ ވަގުތެއްގައި ޖަޕާނަށް އަރާއިރު، 100 އަށް ވުރެ ގިނަ ފްލައިޓްތައް ޖަޕާނަށް ވަނީ ކެންސަލްކޮށްފައެވެ.