ގދ. ތިނަދޫގައި ހުންނަ ދާރުލްއާސާރަށް ބަޔަކު ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ނަގައި ގެންގޮސްފިއެވެ.
ރޭ ތިނަދޫގައި ހުންނަ ދާރުލްއާސާރަށް ބަޔަކު ވަދެފައި ވަނީ ވަގަށް ކަމަށް ހެރިޖޭޓް މިނިސްޓްރީން ވަނީ އެކަން ޔަގީން ކޮށްދެއެވެ. ވައްގަށް ވަތް މީހުން އެތަނުގައި ހުރި ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މި މައްސަލަ ފުލުހަށް ހުށައަޅާފައި ވާތީ ފުލުހުން މި މައްސަލައިގެ ތަހުޤީޤު މިހާރު ވަނީ ފަށާފައެވެ.
ނަމަވެސް ތިނަދޫ ދާރުލްއާސާރުން ވަގަށް ނަގާފައި ވަނީ ކޮން ތަކެއްޗެއް ކަން މިނިސްޓުރީން ހަމަކޮށްފައެއް ނުވެއެވެ.