ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރަކަށް އިބްރާހިމް ޝަހީބު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރަކަށް އިބްރާހިމް ޝަހީބު ޢައްޔަންކުރެއްވުމަށް ރުހުންދިނުމަށް ނެގުނު ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުން ވަނީ ރުހުންދިނުމަށް ފާސްކޮށްފައެވެ.
ސިންގަޕޫރުގެ ސަފީރުކަމަށް ޝަހީބު ޢައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. މި ގޮތުން އެ ކޮމިޓީން ވަނީ ޝަހީބު ޢައްޔަންކުރެއްވުމަށް ފެންނަކަމަށް ނިންމާފައެވެ.
ސިންގަޕޫރުގެ ސަފީރުކަމަށް ޝަހީބު ޢައްޔަންކޮށްފައިވަނީ މީގެ ކުރިން އެ މަޤާމު ފުރުއްވެވި ޑރ.ޢަބްދުﷲ މަޢުޞޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ.