އެންބިޔުލާންސްއެއް ދިޔަ މަގު ބަންދުކޮށް ތަން ނުދެއްކުމުގެ ސަބަބުން އިންޑިޔާގެ މައިސޫރުގެ ކާރު ޑްރައިވަރެއް 11،000 ރުޕީސްއިން ޖޫރިމަނާކޮށްފިއެވެ.
ހާޓް އެޓޭކްއެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ 85 އަހަރުގެ ފިރިހެނެއް ވަނީ މި ހާޓް އެޓޭކްގެ ސަބަބުން މަރުވެފައެވެ. މައިސޫރު ސިޓީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އެސް އެން ސަންދޭޝް ކުމާރު ބުނެފައިވަނީ ޖަޔަންތް ނަމަކަށް ކިޔާ މި މީހާ މިހާރު ވާނީ އެންބިޔުލާންސްއަށް ތަން ނުދިނުމުގެ ސަބަބުން 10،000 ރުޕީސްއިން އަދި ފަރުވާ ކުޑަކޮށް މަގުމަތީ ކާރު ދުށްވުމުގެ ކުށުގައި 1000 ރުޕީސްއިން ޖޫރިމަނާކޮށްފައެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ’މޮޓޮރ ވެހިކަލްސް އެެމެންޑްމެންޓް އެކްޓް 2019‘ ގެ ދަށުންނެވެ.
އޮގަސްޓް 22 ވަަނަ ދުވަހު ހާޓް އެޓޭކްއެއް ޖެހިގެން ޗަންދްރާޝޭކަރް 85 އަހަރު، ވަނީ މައިސޫރުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަށް ގެންދަން މަސައްކަތްކޮށްފައެވެ. އަދި ބެލަވަޑި ޖަންކްޝަންކައިރިން އެންބިޔުލާންސް ދަތުރުކުރަމުން އައި މަގު ވަނީ ޖަޔަންތް ދުއްވަންއިން ކާރުން ބަންދުކޮށްފައެެވެ.
ޖަޔަންތްގެ ކާރު ވަނީ އެ މަގުގައި ޕާކުކޮށްފައި ކަމަށާއި، އޭނާއަށް ސައިރެންގެ އަަޑު އިވި ބަރުގޮނުގެ އަޑުވެސް އިވޭނެކަމަށްވެއެވެ. އަދި ޖަޔަންތް ކާރު އެތަނުން ނެގުމަށް އިންކާރުކޮށް އެންމެ ފަހުން ހޮސްޕިޓަލަށް 15 މިނެޓު ފަހުން އެންބިޔުލާންސްއަށް ދެވުނު އިރު އެމީހާ ވަނީ މަރުވެފައެވެ.