އާދިއްތަ ދުވަހު ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލައިފިއެވެ. އަދި މި މާރާމާރީގައި 7 މީހަކު ވަނީ ޒަޚަމްވެފައެވެ.
އިނގިރޭސިވިލާތުގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި މާރާމާރީގައި ޒަޚަމްވެފައިވާ މީހުންގެ ތެރެއިން 2 މީހަކު ވަނީ ސީރިޔަސް ޙާލަތުގައެވެ. ވެސްޓް މިޑްލޭންޑްގެ ފުލުުހުންވަނީ މީހަކު މަރާލުމުގެ ތަހުޤީގެއް މިކަމާއި ގުޅިގެން ފަށާފައެވެ. މި މާރާމާރީގައި މަރުވެފައިވަނީ ފިރިހެނެއްކަމަށާއި، އިތުރު އަންހެނަކާއި ފިރިހެނެއް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ.
ޕޮލިހުން ވަނީ މި ކަން ކޮށްފައިވަނީ އެކަކު ކަމަށާއި، އެކި އެކި ގަޑިތަކުގައި އެކި މީހުންނަށް މި މީހާ ވަނީ ވަޅިން ހަމަލާދީފައެވެ. އަދި މި މީހާ ވަކި ނަސްލަކަށް، ނުވަަތަ ދީނެއްގެ މީހަކަށް އަމާޒުކޮށްފައި ނުވާ ކަމަށާއި، އަދި މިއީ ގޭންގަކާއި ގުޅިގެން ހިންގި މާރާމާރީއެއްވެސް ނޫން ކަމުގައި އޭނާ ވަނީ ބުނެފައެެވެ.