ހޮންކޮންގްގެ އިލެކްޝަން ބޭއްވުމަށް އެ ޤައުމުގެ ސަރުކާރުން ކަނޑަައަޅުއްވާފައިވާ ދުވަހާއި މެދު ހިތްހަމަ ނުޖެހިގެން އިހުތިޖާޖުކުރި މީހުންގެ ތެރެއިން 30 މީހަކު ހައްޔަރުކޮށްފިއެވެ.
އިލެކްޝަން އެންމެ ފުރަތަމަ ބޭއްވުމަށް ކަނޑައަޅާފައިވަނީ ޖުލައި މަހުގެ 31 ވަަނަ ދުވަހުއެވެ. ނަމަވެސް، އެ ޤައުމުގެ ޗީފް އެގްޒެކެޓިވް ކެރީ ލިމް، ކޮރޯނާ ވައިރަހުގެ ކޭސްތައް އިތުރުވާތީ ކަމަށް ބުނެ އިންތިޚާބު ވަނީ އެއް އަހަރަށް ފަސްކޮށްފައެެވެ. ނަމަވެސް، އެ ޤައުމުގެ އިދިކޮޅު ޕާޓީއިން ވަނީ މިއީ އިދިކޮޅަށް ގިނަ ގޮނޑިތަކެއް ލިބިދާނެތީ ބިރުން ކުރި ކަމެއް ކަމަށް ބުނެ އިޙްތިޖާޖުކުރަން ނުކުމެފައެވެ.
2019 އަހަރުގެ ޖޫން މަހުގެ ފަހުން ކޮންމެ ހަފްތާއަކު ހެން އިދިކޮޅުން އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އިދިކޮޅުން ބުނަމުން އަންނަނީ އެކްސްޓްރެޑިޝަން ޤާނޫނެއް ޤާއިމުކުރުމަށާއި ޑިމޮކްރެސީ ޤައުމުގައި ނެގެހެއްޓުމަށާއި ޗައިނާއިން އަތް ގަދަ ކުރުމުން ދުރުކުރުމަށެވެ.
އާދިއްތަ ދުވަހު މި މުޒާހަރާއިން 1 އަންހެނަކު ވަނީ ހައްޔަރުކޮށްފައިކަމަށް އެ ޤައުމުގެ ފުލުހުންގެ ފޭސްބުކް ޕޭޖުގައިވަނީ ބުނެފައެވެ.