ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުނ މެރިން ޕޮލިސްވެސް އޮތީ ހިނގައިފާނެ ހާދިސާއަކަށް ތައްޔާރުވެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފުލުހުން މިރޭ ބުނީ ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށް އެހީތެރިވުމަށް މިހާރު ތިބީ ތައްޔާރީ ހާލަތުގައިކަމަށެވެ.
މި ގޮތުން ރާއްޖޭގެ ރަށްރަށަށް ކުރިމަތިވި ހާދިސާތަކާ ގުޅިގެން ރަށުތެރެ ސާފުކޮށް ޢާންމު ހާލަތަށް ގެނައުމަށްޓަކައި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާއި ފުލުހުން ގުޅިގެންް މަސައްކަތްކޮށްފައިވާނެކަމަށް ވެސް ފުލުހުން ބުނެއެވެ.
މޫސުމާބެހޭ އިދާރާއިންވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްއެވެ. މި ގޮތުން ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއ ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރު މިނުގައި ވައިޖެހޭނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.