ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް މީހަކު ގޮވާލައިފައިވަނީ ޗެނަލް 13 އިން ސެޕްޓެންބަރު 3 ވަނަ ދުވަހުގެރޭގައި ގެނެސްދިން ލައިވް ޕްރޮގްރާމެއްގައެވެ. މި މައްސަލައިގައި ހައްޔަރުކުރީ ޢުމުރުން 47 އަހަރުގެ މީހެކެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ މީހާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ބެހޭގޮތުން ގިނަބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އަދި ޗެނަލް 13 އަކީ ފިތުނަ ފަސާދަ އުފައްދަން އުޅޭ ޗެނަލްއެއްކަމަށާއި އެކަމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ޗެނަލް 13 އިން ވަނީ މިހާރު މާފަށް ވެސް އެދިފައެވެ.