2 ފަހަރަށް ސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައި ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ކަސްޓަމަރުންނަށް ނޭނގި ފައިސާ ކެނޑޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރަމުން ދިއުމާ ގުޅިގެން މިއަދު ބީއެމްއެލްގެ ރަސްމީ ޓުއިޓާ އެކައުންޓު ކުރި ޓުވީޓެއްގައި މިކަން ހަމަކުރިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުތަކުން ކެނޑިފައިވާ ފައިސާއަކީ ޖެނުއިން ޓްރާންސެކްޝަންތަކެއް ކަމަށާއި އެއީ ކުރިން ޕްރޮސެސްނުކޮށް ހޯލްޑުކޮށްފައި ހުރި ޓްރާންސެކްޝަންތަކެއް ކަމަށެވެ. ޓްރާންސެކްޝަންއާ ބެހޭ އިތުރު ތަފްޞީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބެލޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
”ޓްރާންސެކްޝަން ހަދާފައިވާ ދުވަހުގެ ތަފްޞީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލައިލެވޭނެ،“ ބީއެމްއެލްއިން ބުންޏެވެ.
ގޮތްނޭނގޭ އީމެއިލްތަކުގައި ހުންނަ ލިންކުތަކަށް ފިތުމުން ކަސްޓަމަރުންގެ ބޭންކު އެކައުންޓުތަކުގެ މަޢުލޫމާތު ނޭނގި ނަމަވެސް އެހެން ފަރާތްތަކާ ހިއްސާ ކުރެވިފައި އެބަހުރި ކަމަށް ބީއެމްއެލްއިން ހަމަކުރިއެވެ.
ކަސްޓަމަރުންގެ ކާޑުގެ މަޢުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިފަދަ ގޮތަކަށް ޓުއިޓް ކުރައްވާފައި ވާ މިދަނޑިވަޅަކީ ބީއެމްއެލްގެ ވެރިނާއި އާންމުން ބައިވެރިވެ ސުވާލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެދިފައިވާކަން ފާހަގަ ކުރަމެވެ.