ބ.އޭދަފުށީ މަގުތައްހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ އޭދަފުށީ ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެ ރަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްކަމަަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި މި މަޝްރޫޢުގެ ދަށުން 22،942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުނ ފެންހިންދާ ނިޒާމެއް ހަރުކުރުމަށާއި ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުސްވި އަހަރުގެ އޭޕްރީލް 22 ގައި ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުއަށް 34.4 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީން ބުނެއެވެ.