ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ އެ މައްސަލަ ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަންގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދުގެ މައްސަލަ ބެލުމަށް ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށް ނިންމާފައިވަނީ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ފަނޑިޔާރުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރައްވާކަމަށް ބެލެވޭތީކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
މިކަމާއި ގުޅިގެން ޖޭއެސްސީން އާދިއްތަދުވަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ 08 މެންބަރުން ބައިވެރިވެފައިވާކަމަށް ވަނީ ބުނެފައެވެ.
ފަހަކަށްއައިސް ޖޭއެސްސީން އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި މަސްއޫލިއްޔަތު އަދާކުރާ މައްސަލަތައްބަލައި އެ ކަމަށް ފިޔަވަޅުއަޅަމުންނެވެ.