ކުރިއަށް އޮތް ތަނުގައި ދަރަންޏަށް ޒިންމާނަގާ ޕާޓީއަކަށް ޑީއާރްޕީ ވެގެންދާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަން ޑީއާރްޕީއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅުންނާއި އަދި މެންބަރުންނާއި މިއަދު ބައްދަލުކުރެއްވުމަށްފަހުގައެވެ.
މި ގޮތުން ޑީއާރްޕީން ކުރި ޓްވީޓެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފަށާއި މެންބަރުންނަށް ޝުކުރުއަދާކުރައްވަމުން ޖާބިރު ވަނީ ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމާއެކު އެ ޕޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. އަދި ޑީއާރުޕީއަކީ ދަރަންޏަށް ޒިންމާ ނަގާ ޕާޓީއަކަށް ކުރިއަށް އޮތްތަނުގައި ވެގެން ދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ޑީއާރްޕީއާއެކު ބައްދަލުވުމެއް ބާއްވާފައިވާއިރު ޑީއާރުޕީން ލިބެންޖެހޭ ޖުރިމަނާ ފައިސާ ހޯދަން ވެސް ދަޢުވާކޮށްފައެވެ.