މޯލްޑިވިއަން އިން މިމަހު 20 ގައި މެލޭޝިއާއަށް ފުރާ ފްލައިޓުން 30 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ދިނުމަށް ނިންމައިފިއެވެ.
ޤައުމީ އެއާރލައިންނުން ކުރި ޓުވީޓެއްގައި ވަނީ ކުއަލަލަމްޕޫރަށް ފުރާ ފްލައިޓުގެ ޓިކެޓު ނެގުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބޭނުންވާ ހުރިހާ ޓްރެވަލް ޑޮކިއުމަންޓުތައް ހުރި ކޮންމެ މީހަކަށް ވެސް ޓިކެޓް ނެގުމުގެ ފުރުޞަތު އޮތް ކަމަށް މޯލްޑިވިއަން އިން ހަމަކުރެއެވެ.
އެގޮތުން މޯލްޑިވިއަންގެ ވައިބަރު ނުވަތަ މެއިލް ކޮށްގެން ޓިކެޓުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް މޯލްޑިވިއަން އިން މަޢުލޫމާތުދެއެވެ.
މެލޭޝިއާއަކީ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމަކަށް ވާއިރު އިރު އޭގެ ތެރޭގައި ގިނައީ ކިޔަވާ ދަރިވަރުންނެވެ.
މެލޭޝިއާގައި ތިބި ގިނަ އަދަދެއްގެ ދިވެހީން ކޯވިޑް 19ގެ ހާލަތާ ގުޅިގެން އެނބުރި ރާއްޖެ އައިސްފައިވެއެވެ. މޯލްޑިވިއަން އިން މެލޭޝިއާއަށް މި މަހުގެ 20 ވަނަ ދުވަހު ފްލައިޓު ބަދަލުކޮށްފައިވަނީ ގިނަ އަދަދެއްގެ ކިޔަވާ ކުދިންގެ އެދުމުގެ މަތީނެވެ.

30 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ފްލައިޓަށް ކަމަށް ޤައުމީ އެއާރލައިން މޯލްޑިވިއަނުން ހަމަކުރެއެވެ.