ރ.މަޑުއްވަރިން ފުރައިގެންދަނިކޮށް ބަންޑުން ޖަހައިލި ޑިންގީގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.
މަޑުއްވަރިން ފުރައިގެން ދަތުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހައިލުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފެށީ މިއަދު ހަވީރުގައެވެ.
މި ގޮތުން ފުލުހުން ބުނީ މަޑުއްވަރިން ފުރައިގެން ދަތުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހައިލާފައި ވަނީ މިއަދު 16:09 ހާއިރުކަމަށެވެ. އަދި އެ ޑިންގީ ބަންޑުން ޖަހައިލިއިރު 04 މީހުން ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް މިހާރު އެ 04 މީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ ޑިންގީއަކީ ދެ ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭހެން 04 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއްކަމަށާއި އެ ޑިންގީ ބަންޑުންޖަހައިލީ އެ އަތޮޅު މާށިގިރި ކައިރިއަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރުގައި ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރު ފެށުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.