ޖުމްލަ 8 މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން 3 ރަށަކަށް އިސް މެޖިސްޓްރޭޓުންނާއި 5 މެޖިސްޓްރޭޓުން ހޯދަން އިޢުލާން ކޮށްފައިވެއެވެ.
ރ.މަޑުއްވަރީ އާއި ފ. ފީއަލީގެ އިތުރުން ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީން އިޢުލާންގައިވެއެވެ.
މީގެ އިތުރުން މެޖިސްޓްރޭޓުން ހޯދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ…
1- ހދ. ކުޅުދުއްފުށި
2- ށ. ފުނަދޫ
3- ނ. މަނަދޫ
4- ވ. ފެލިދޫމީގެ އިތުރުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
މަހު މުސާރައިގެ ގޮތުގައި އިސް މެޖިސްޓްރޭޓުންނަށް މަހަކު 21،000 ރުފިޔާ ދޭއިރު މެޖިސްޓްރޭޓުންނަށް 18،500 ރުފިޔާލިބޭއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 4000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ހަމަކުރެއެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި މަޤާމަށް އެދި ފޯމު ހުށަހަޅަން ޖެހެވެ.