ހުޅުމާލޭގެ ޢިމާރާތެއްގެ 03 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެ ބިދޭސީމީހާ ވެއްޓިފައިވަނީ ހުޅުމާލޭ ލޮޓް 1057 ނަންބަރު ޢިމާރާތުގެ 03 ވަނަ ފަންގިފިލާއިންނެވެ. އަދި އެ މީހާ ވެއްޓިފައިވަނީ އެ ޢިމާރާތުގެ ބޭރުގައި ސިމެންތިޖެހުމަށްޓަކައި ހޮޅިއަޅަން އުޅުމުގެތެރޭގައިކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ގޮތުން ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްކަމަށާއި މިހާރު އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހާގެ ހާލު ސީރިއަސް ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.