ތ. ގުރައިދޫ ފަޅުތެރެއަށް މީހަކު ވެއްޓި ނިޔާ ވެއްޖެއެވެ.
ގުރައިދޫ ފަޅުތެރެއަށް ވެއްޓިގެން ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިނެއްކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އެ މީހާ ރޭ ނިޔާވެފައި ވަނީ 20:45 ހާއިރު އެރަށު ޖެޓީއާއި ދިމާ ފަޅުތެރެއަށް ވެއްޓުމާ ގުޅިގެން ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ހަމަކުރެއެވެ.
ފުލުހުން މި މައްސަލަ މިހާރު އަންނަނީ ތަޙްޤީޤުކުރަމުންނެވެ.