ކުރިއަށްއޮތް ތިންތިޚާބު ފަސްކޮށްދެވެން ނެތްކަމަށް ސިވިލްކޯޓުން އެންގުމާއިއެކު ޓޭބަލްޓޭނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާއިމެދު ދެން ސުވާލު އުފެއްދުމުގެ ޖާގައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓީޓީއޭއެމްގެ ގާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވެއްޖެއެވެ.
ޖައުޝަން މިހެން ވިދާޅުވީ، ސިވިލްކޯޓުގައި ކުރިއަށްދާ ޓީޓީއޭއެމްގެ ކުރިއަށްއޮތް އިންތިޚާބާއި ގުޅޭ މައްސަލާގައި އިންތިޚާބު ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދުމުން އެގޮތަށް އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގުމާއި ގުޅިގެންނެވެ.
ކޯޓުން އެގޮތަށް އަމުރު ނެރެފައި ނުވާތީ ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުން އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމަށް އެންގުމުން ދެން އިންތިޚާބާއިމެދު އިތުރަށް ސުވާލު އުފެއްދުމުގެ އެއް ވެސް ޖާގައެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޖައުޝަން ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުޢީ ކޯޓަކަށް ޓީޓީއޭއެމްގެ މައްސަލަ ދެވޭނެކަމަށް އަދިވެސް ގަބޫލު ނުކުރާ ކަމަށާއި ނަމަ ވެސް އެގޮތް ގަބޫލު ކުރެއްވި ފަރާތްތަކަށް ވެސް އެބޭފުޅުން އިހުތިޔާރުކުރި ޝަރުއީ ނިޒާމާއި އުސޫލުގެ ތެރެއިން ވެސް އިންތިޚާބުގައި މައްސަލައެއް ނެތްކަން މިހާރު ހާމަވާނެކަމަށް ޖައުޝަން ހަމަކުރިއެވެ.
ޤާނޫނީ ވަކީލު ޖައުޝަން ވިދާޅުވީ ސިވިލްކޯޓުގައި މައްސަލާގެ އަޑުއެހުން ކުރިއަށްދަނިކޮށް އަނެއްކާވެސް އައިޓީޓީއެފްގެ ފަރާތުން ޓީޓީއޭއެމަށް ސިޓިއެއް ލިބުނު ކަމަށެވެ.
އެލިއުމުގައި ވެސް ސަސްޕެންޝެއް އައިސްދާނެކަމަށް ބުނެފައިވާކަމަށާއި މިމައްސަލަ ބެލޭނެ ރާއްޖޭގެ އެންމެ މަތީ މުއައްސަސާއަކީ ނޭޝަނަލް ސްޕޯޓްސް ކައުންސިލްކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ސަސްޕެންޝަނެއް އަޔަނުދިނުމަށްޓަކައި ޓީޓީއޭއެމްގެ މައްސަލަ ރާއްޖޭގެ ސިވިލް ކޯޓަށް ހުށައަޅައިގެން ނުވަތަ 3 ވަނަ ފާރާތެއްގެ ނުފޫޒު އޮވެގެން ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކޮށްފާއިވެއެވެ.