ރަޝިޔާގެ ޤައުމީ އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް މި ހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފިއެވެ.
ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހު އެއިރޯފްލޮޓްއިން ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.
ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް 7 އެއާލައިނަކުން ދަތުރުތައް އަލުން ފަށާފައިވެއެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު، ޓާކިޝް، ސްރީ ލަންކަން، އެއާ އިންޑިއާ އަދި އިންޑިގޯއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުންނެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަނުން ލަފާކުރާ ގޮތުން އަންނަ މަހުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓް އަލުން ހުޅުވާނެއެވެ.