އިންޑިއާގެ 02 ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓްކުރުމުގެ ބޭނުމަކީ ރަޝިޔާއާއި ޗައިނާއިން މި ސަރަހައްދުގައި އުޅެނީ ކިހިނެއްތޯ ބަލަން ފާރަވެރިވުންކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ “ދިވެހި ޗެނަލް“ ގެ ޕްރޮގުރާމެއްގައި ދެއްކެވި ވާހަކައިގައި ޢުމަރު ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ އައީ ދިވެހިންނަށް ފާރަލާކަށެއް ނޫން ކަމަށެވެ. އަދި އެއީ ރަޝިޔާއާއި ޗައިނާއިން މި ސަރަހައްދުގައި އުޅެނީ ކިހިނެއްތޯ ބަލަން އުދުހޭ އެއްޗެހިކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ އިންޑިއާގެ ސިފައިން މިހާރު ތިބީ ރާއްޖޭގެ ދެ ސަރަހައްދެއްގައިކަމަށެވެ. އެއީ އައްޑު އަތޮޅާއި ލ.ގަމުގައި ކަމަށާއި އެ ދެ ސަރަހައްދަކީ މަނަވަރުތަކާއި ސަބްމެރިންތައް ހުރަސްކުރާ ރާއްޖޭގެ އެންމެ ބޮޑު ދެ ޗެނަލް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން ގިނަ ސަބްމެރިންތަކަކީ ހުވަދޫ ޗެނަލްގެތެރެއިން ދަތުރުކުރާ އެއްޗެހި ކަމަށާއި ވަރަށް ގިނަ މަނަވަރުތައް އެ ޗެނަލްގެ ތެރެއިން ދަތުުކުރާނެކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާގެ ދެ ހެލިިކޮޕްޓަރުގެ ބޭނުމަކީ ރަޝިއާއާއި ޗައިނާގެ މޫވްމަންޓްތައް ހުންނަނީ ކިހިނެއްތޯ ބެލުންކަމަށް ޢުމަރު ވިދާޅުވިއެވެ.