ބުރާސްފަތި, ފެބްރުއަރީ 25, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

”ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު“ ރައީސް ޞާލިޙް ތަޞްދީޤު ކުރައްވައިފި

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ސެޕްޓެމްބަރ 8, 2020
ޚަބަރު
0
ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް | ފޮޓޯ: ރައީސް އޮފީސް

”ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ADVERTISEMENT

ރައްޔިތުންގެ މަޖިލީހުން ”ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު“ ފާސްކުރީ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ.

”ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު“ ގައި ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން އެކައުޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ތަންޒީމުކުރަން ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި ”އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް“ ގެ ނަމުގައި ޤާނޫނީ ޝަޚުސެއް އުފައްދުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން ”އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް“ މެންބަރުންގެ ގިންތިތައް ކަނޑައެޅުމާއި އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކުގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ އުސޫލުތައް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އުފައްދާ އިދާރާއަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންދާ އިދާރާއެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން އެ އިދާރާއަކީ އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބި, ވަކި ސިއްކައެއް އޮންނަ އިދާރާއެއްކަމަށާއި ޤާނޫނީ ގޮތުން އަމިއްލަ އަދި މިނިވަން މުސްތަޤިއްލު ޝަޚްސެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު ”އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް“ ގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް ލިބިދޭކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެތެރެއިން އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން 05 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ”ފެލޯ“ މެންބަރުންނަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.

ޗާޓަރޑް އެކައުންޓެންޓުންގެ ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުއްދަ ދިނުމުގެ އިތުރުން ގިންތިކުރުމާއި މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާނެއެވެ.

ހަމައެއާއެކު ރާއްޖޭގައި ޤާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި ގިންތިކުރުމުގައި ދަޢުލަތުގެ މުއައްސަސާތަކުން ކުރަމުންއައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ފަށައިފި

އިދިކޮޅުގެ މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފުވެފައިވޭ: އެޗްއާރްސީއެމް

ފެބްރުއަރީ 24, 2021
ޙަބީބު، އިޔާޒަށް: ގިނައިން ކޮވިޑް ޖެހުނީ މިސްކިތަށް ނުވަންނަ މީހުންނަށްކަމަށް އެޗްޕީއޭއިން އިއުލާންކުރީތޯ!

ޙަބީބު، އިޔާޒަށް: ގިނައިން ކޮވިޑް ޖެހުނީ މިސްކިތަށް ނުވަންނަ މީހުންނަށްކަމަށް އެޗްޕީއޭއިން އިއުލާންކުރީތޯ!

ފެބްރުއަރީ 24, 2021
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭމަންޑޫއަށް ވަޑައިގެންފި

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭމަންޑޫއަށް ވަޑައިގެންފި

ފެބްރުއަރީ 24, 2021
ޝާޒް، އެމްޕީއެލްއަށް: ސިޔާސީ މަޤުސަދުގައި ޢިލްމެއްނެތް މީހުން މަޤާމުތަކަށްލުން ހުއްޓައިލަންޖެހޭ!

ޝާޒް، އެމްޕީއެލްއަށް: ސިޔާސީ މަޤުސަދުގައި ޢިލްމެއްނެތް މީހުން މަޤާމުތަކަށްލުން ހުއްޓައިލަންޖެހޭ!

ފެބްރުއަރީ 24, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In