ބުރާސްފަތި, ފެބްރުއަރީ 25, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ 06 މިސްކިތްތެއް ހިމެނުމުގެ މަސައްކަތް ކުރިއަށްދަނީ

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ސެޕްޓެމްބަރ 8, 2020
ޚަބަރު
0
ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ 06 މިސްކިތްތެއް ހިމެނުމުގެ މަސައްކަތް ކުރިއަށްދަނީ

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި 06 މިސްކިތްތެއް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ADVERTISEMENT

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނީ 2013 ވަނަ އަހަރުގައި ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ 06 މިސްކިތެއް ހިމެނިފައިވާކަމަށެވެ. ނަމަވެސް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މި މިސްކިތްތައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް ވޯލްޑް މޮނިއުމެންޓްސް ފަންޑާއި ގުޅިގެން ކުރިއަށްދާކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.

“‏ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ 6 ހިރިގަލު މިސްކިތެއް ހިމެނިފައިވޭ. ދާއިމީ ލިސްޓުގައި މި މިސްކިތްތައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް ‎@WorldMonumentsއާ ގުޅިގެން ކުރިއަށް އެބަދޭ.“ (ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު)

ހއ.އިހަވަންދޫ ހުކުރު މިސްކިތް

ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓުގައި 2013 ވަނަ އަހަރުގައި ހިމެނިފައިވާ މިސްކިތްތަކުގެތެރޭގައި ހއ.އިހަވަންދޫ ހުކުރު މިސްކިތް ހިމެނެއެވެ. އިހަވަންދޫ މިސްކިތްމަގުގައި ހުންނަ 38 ސްކުއެއާ މީޓަރުގެ މި މިސްކިތަކީ 40 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ މީލާދީން 1701 ވަނަ އަހަރުގެ 16 ޑިސެމްބަރުގައި ސުލްޠާން އިބްރާހީމް މުޒްހިރުއްދީންގެ ރަސްކަމުގައި ބިނާކުރެވުނު މިސްކިތެކެވެ.

ރ.މީދޫ ހުކުރު މިސްކިތް

ދެން އެ ލިސްޓުގައި ހިމެނޭ ރ.މީދޫ ހުކުރު މިސްކިތަކީ އެ ރަށު ހިތްފަސޭހަ މަގުގައި ހުންނަ 70 ސްކުއެއާ މީޓަރުގެ މިސްކިތެކެވެ. 80 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތަކީ މީގެ 3 ޤަރުނުކުރިން މީލާދީ ސަނަތުން 1705 ގައި ސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައި ބިނާކުރެވުނު މިސްކިތެކެވެ. ނަމަވެސް ބަދަލުތަކަކާއެކު 1950 ވަނަ އަހަރުގައި ވަނީ އެ މިސްކިތް މަރާމާތުކުރެވިފައެވެ.

މާލޭ ހުކުރު މިސްކިތް. ފޮޓޯ: ޢައިޝަތު ނަސީމް

ދެން ލިސްޓުގައި ހިމެނޭ މާލޭ ހުކުރު މިސްކިތަކީ 240 ސްކުއެއާ މީޓަރު ހިމެނޭ މިސްކިތެކެވެ. މި މިސްކިތުގައި 300 މީހުންގެ ޖާގަ ހިމެނެއެވެ. މިހާރު މި ފެންނަ ހުކުރު މިސްކިތަކީ މީލާދީން 1658 ގައި ސުލްޠާން އިބްރާހިމް އިސްކަންދަރު(1 ވަނަ) ރަސްކަމުގައި ބިނާކުރެވުނު މިސްކިތެކެވެ.

ލ.އިސްދޫ ހުކުރު މިސްކިތުގެ އެތެރެ. ފޮޓޯ: މިރޯ

ދެން މި ލިސްޓުގައި ހިމެނޭ ލ.އިސްދޫ ބައު މިސްކިތަކީ 75 ސްކުއެއާ މީޓަރު ހިމެނޭ 80 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވީ މީލާދީން 1701 ގައި ސުލްޠާން މުޙައްމަދު(ދެއްވަދޫ ރަސްގެފާނު) ގެ ރަސްކަމުގައެވެ.

އދ.ފެންފުށީ ހުކުރު މިސްކިތް

ލިސްޓުގައ ހިމެނޭ އދ.ފެންފުށީ ހުކުރު މިސްކިތަކީ 58 ސްކުއެއާ މީޓަރުގެ މިސްކިތެކެވެ. 60 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރައްވާފައިވަނީ ވެސް ސުލްޠާން މުޙައްމަދު(ދެއްވަދޫ ރަސްގެފާނު) ގެ ރަސްކަމުގައެވެ.

ޢީދު މިސްކިތް. ފޮޓޯ: ނޭޝަނަލް އާކައިވްސް

ލިސްޓުގައި ހިމެނޭ މާލޭ ޢީދު މިސްކިތަކީ މާފަންނު ހަނދުވަރީ ހިނގުމުގެ އިރުމަތީފަޅީގައި ބިނާކުރެވިފައިވާ މިސްކިތެކެވެ. އެވޭލާ ޒަމާނުގައި މުޅިންހެން ޢީދު ނަމާދުކުރަމުންދިޔަ މި މިސްކިތަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގައި ބިނާކުރެއްވި މިސްކިތެއްކަމަށް ތާރީޚުގައި ބުނެފައިވެއެވެ. މި މިސްކިތުގެ ކައިރީގައި “ކުޑަވެޔޮ“ މި ނަން ކިޔުނު ވެވެއްް ވެސް އޮތްކަމަށް ބުނެވެއެވެ.

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ: އިތުރު 05 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފެބްރުއަރީ 25, 2021
ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ފެބްރުއަރީ 25, 2021
އެމްއެންޑީއެފް އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

އެމްއެންޑީއެފް އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

ފެބްރުއަރީ 25, 2021
މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 173،000 އަށްވުރެ މަތީގައި

މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 173،000 އަށްވުރެ މަތީގައި

ފެބްރުއަރީ 25, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In