އިއްތިހާދު އެއަރވޭސްގެ މަތިންދާބޯޓުތަކުން ދަތުރުކުރާ ފަސިންޖަރަކު ދަތުރަށްފަހު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެނަމަ، އެކަމާގުޅޭ ޚަރަދުތައް އެއަރލައިނުން ހަމަޖައްސާ ގޮތަށް ހަމަޖައްސައިފިއެވެ.
އިއްތިހާދު އެއަރވޭސްއިން ދަތުރުކުރާ ފަރާތެއް، ދަތުރުކުރާތާ 31 ދުވަހުގެ ތެރޭގައި ކޯވިޑްއަށް ޕޮޒިޓިވް ވެއްޖެނަމަ މެޑިކަލް ޙަރަދުތަކާއި ކަރަންޓީންވުމަށް ހިނގާ ޚަރަދުތައް އެއަރލައިނުން ހަމަޖައްސައި ދޭނެކަމަށެވެ.
އެގޮތުން މެޑިކަލް ޚަރަދުތަކަށް އެއް ލައްކަ ފަންސާސް ހާސް ޔޫރޯ ހަމަޖައްސާފައިވާއިރު ކަރަންޓީންވުމުގެ ޚަރަދަށް ދުވާލަކަށް އެއް ސަތޭކަ ޑޮލަރު އިއްތިހާދު އެއަރވޭސްއިން ވަނީ ކަނޑައަޅާފައެވެ.
އިއްތިހާދު އެއަރވޭސްއިން ކޯވިޑްއާ ގުޅިގެން ޚާއްސަ ޕެކޭޖެއް ތަޢާރަފް ކޮށްފައިވާ އިރު، މިއަހަރުގެ ނިޔަލަށް މި ޕެކޭޖް ލިބޭނެއެވެ.
އިއްތިހާދު އެއަރވޭސްގެ އިތުރުން، އެހެން ބައެއް އެއަރލައިންތަކުންވެސް ދަނީ ދަތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިފަދަ ތަފާތު ޕެކޭޖްތައް ތަޢާރަފްކުރަމުންނެވެ.