ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޖޭއެސްސީގެ މެންބަރުކަމަށް މ.ފަލްކަން, މުޙައްމަދު ނާޞިޙް ޢައްޔަންކުރެއްވީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ގޮތުން އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ ކުރިފުޅުމަތީގައި ނާޞިޙް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ނާޞިޙަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ނާޞިޙް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) އާއި، ޖޭއެސްސީގެ ޤާނޫނުގެ 03 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުންނެވެ.