ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ވީޑިޔޯ އެޕް، ޓިކްޓޮކްގެ މުއައްޒަފުންނަށް ނަގުދު ފައިސާގެ ބޯނަސްތަކެއް ދިނުމަށް ނިންމައިިފިއެވެ.
އެ ކުންފުނިން ހާމަކުރާ ގޮތުގައި، އެ ކުންފުނި، ކޮވިޑް-19 ގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށާއި މެކްރޯ އެންވާރަމެންޓްއިން ބަދަލު ކުރުމަށް މަސައްކަތް ކުރާ އެންމެހާ މުއައްޒަފުންނަށް ފައިސާގެ ބޯނަހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ބައިޓްޑާންސްއިން ވަނީ އެ ކުންފުނީގެ 60،000 މުއައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ. ބައިޓްޑާންސްގެ ކަންކަން ދިރާސާ ކުރާ ޗައިނާގެ ނޫސްތަކަށް ހަވާލާދީ މި ބޯނަހުގެ ޢަދަދު އެތައް މިލިޔަން ޔުއާންއަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ބައިޓްޑާންސްއިން ވަނީ މިކަން އިޢުލާންކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި އިތުރު ތަފްޞީލެއް އެ ކުންފުންޏަކުން ނުދެއެވެ.
ބައިޓްޑާންސްއިން މި ބޯނަސް ދިނުމަށް މި ނިންމާފައިވަނީ އިންޑިޔާ އަދި ޗައިނާއިން ޓިކްޓޮކް ބޭނުން ނުކުރެވޭ ގޮތް ހެދިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ނަމަވެސް، ބައިޓްޑާންސްއިން ބުނާ ގޮތުގައި، ޗައިނާގެ ޖުރިސްޑިކްޝަންއާއި ޓިކްޓޮކްއެއް ޚިލާފެއްނުވެއެވެ. އެ ކުންފުނީގެ ސީއީއޯ، ޒަންގް ޔީމިންގް ވިދާޅުވާގޮތުގައި، އެ ކުންފުނީގެ މުއައްޒަފުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.