ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މާލޭގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި 26 އަހަރުގެ އަންހެނަކަށް ބދޭސީ ފިރިހެނަކު ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައެއް ބަލަން ފަށާފައިވާކަމަށެވެ. އަދި މި މައްސަލައަކީ މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޖެންޑރ އެފެއަރޒުން މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.