އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއެކު ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމް ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ.
2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤަައުމަކީ އިންޑިއާއެވެ. މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާ އިން 34862 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.