ކ.ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ އެ ރަށު
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 22 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބިންހިއްކުމުގެ މަސައްކަތުގެ %20 މިހާރު ނިމިފައިވާކަމަށެވެ.
މީގެ އިތުރުން ކުރިއަށް ހުރި މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށާއި 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް ވެސް ބުނެފައެވެ.
ހުސްވި އަހަރުގެ އޯގަސްޓު 27 ގައި އެމްޓީސީސީން ހަވާލުވި މި މަޝްރޫޢުއަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.