ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެފައިވާކަމަށެވެ.
މި ގޮތުން ނިޔާވެފައިވަނީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެުންދިޔަ އެ ފިރިހެންމީހާ ނިޔާވެފައިވަނީ މިއަދު 18:24 ގައިކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.
މިއީ މި ބަލީގައި ނިޔާވި 30 ވަނަ މީހާއެވެ. މީގެ ކުރިން ރާއްޖެއިން މި ބަލިޖެހުނު 29 މީހަކު ވަނީ ނިޔާވެފައެވެ.