މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑާއި މީޑިއާއަށް ޚާއްސަކޮށްގެން ދޭ އެވޯޑް މި އަހަރު ނުދޭގޮތަށް ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ އޮފީސް(އައިކޮމް) އިން ބުނީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑާއި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަު ހޮވުމާއި މަޢުލޫމާތު ފާހަގަކުރުމުގައި އެންމެ ފާހަގަކޮށްލެވޭ މީޑިއާއަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ އެވޯޑު މި އަހަރު ނުދޭގޮތަށް ނިންމާފައިވާ ކަމަށެވެ.
އަދި މި އެވޯޑުތައް ނުދޭގޮތަށް ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން ކަމަށާއި އަންނަ އަހަރުން ފެށިގެން މި އެވޯޑުތައް ޤަވާއިދުން ދޭނެކަމަށް ވެސް އައިކޮމްއިން ބުނެއެވެ.
މި އެވޯޑްތަކުގެތެރެއިން މީޑއާ އެވޯޑް މިއަދު ތަޢާރަފްކުރިއިރު މި އެވޯޑްތަކަކީ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ޙައްޤު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދޭކަން ކަަށަވަރުކޮށް އެ މަސައްކަތްތަކަށް ހިތްވަުދިނުމުގެ ގޮތުން ދޭން ފަށާފައިވާ އެވޯޑްތަކެކެވެ.