ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ ފަހުން އިންޑިއާ ސިފައިން ރާއްޖޭގައި އަހަރެއްހައި ދުވަހު ބައިތިއްބާފައިވާކަމަށާއި އޭރު އެއީ އިންޑިއާގެ އަސްކަރީ ސިފައިންނޫންތޯ ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް(ދޮންބިލެތް) ސުވާލު އުފައްދަވައިފިއެވެ.
ދޮންބިލެތް ޙަލީމް މި ސުވާލު އުފައްދަވާފައި މިވަނީ ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ގިނަބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ގޮތުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ގެންދަވަނީ މިއަދުގެ ސަރުކާރައް ފާޑުކިޔުއްވަމުންނެވެ. އޭގެ އިތުރުން ޢާންމު ރައްޔިތުންގެތެރެއިން ބައެއް މީހުން ވެސް އަންނަނީ މި ކަންކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ފަދަ ދަނޑިވަޅެއްގައި މި ކަމަށް ޢިޝާރާތްކުރައްވައި ދޮންބިލެތް ޙަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ ހާދިސާއާއި ވިދިގެންއައި ދުވަސްވަރަށް އަލިއަޅުއްވައިލައްވައިފައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ ހާދިސާއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ރާއްޖެ ސިއްސުވައިލި ނުރައްކާތެރި ހާދިސާއެކެވެ. ރާއްޖެ އެ ދުވަހާއި ކުރިމަތިލާންޖެހުނީ ޤައުމަށް ޤައްދާރުވި ޚާއިނުންތަކެއް ވެރިކަމުގެ ދަހިވެތިކަމުގައި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާއި ގުޅިގެން މި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ވެއްޔާއި މޮޑެލަން ދިމާކުރުމުގެ ސަބަބުންނެވެ. ނަމަވެސް ޙައްޤު އިލާހުގެ ރަޙްމަތާއެކު ދިވެހިންނަށް ނަޞްރު ލިބިގެންދިޔައެވެ. ހަމައެއާއެކު ދިވެހިންނަށް އެންމެ ބޮޑު އެއް މަދަދުގާރުކަމުގައި ވެގެންދިޔައީ ތަމަޅަ ސަގަރު ނާޞިރާއި ލުޠުފީއާއި އެބައިމީހުންގެ އަޢުވާނުންކަމުގައިވި ތަމަޅަ ޓައިގަރުންގެ ވަކިތަކުން ރާއްޖެ ހިމާޔަތް ހޯދައިދޭން އެ ދުވަހު އައި އިންޑިއާގެ ސިފައިންނެވެ.

މި ދުވަހަށް އަލިއަޅުއްވައިލައްވަމުން ދޮންބިލެތް ޙަލީމް ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގައި އޭރުގެ ވެރިކަން ފުރޮޅައިލަން ހިންގި ހާދިސާއާއި ގުޅިގެން އޭރުގެ ވެރިކަމުން އިންޑިއާގެ އަސްކަރިއްޔާގެ މަދަދަށް އެދިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ޤައުމުގެ އަސްކަރީން ރާއްޖެ އައުމުން އަހަރެއްހައި ދުވަހު އޭރުގެ ސަރުކާރުން އެބައިމީހުން ބޭތިއްބިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މި ކަންކަން ފާހަގަކުރައްވައި ދޮންބިލެތް ޙަލީމް ވަނީ އޭރު ރާއްޖޭގައި އެ ތިބީ އަސްކަރީންނޫންތޯ ސުވާލު އުފައްދަވާފައެވެ.
ދޮންބިލެއް ޙަލީމް މިހެން ވިދާޅުވެފައިވާއިރު އެ ބޭފުޅާގެ މި ވާހަކަތަކަށް ރައްދުދިން މީހަކު ވަނީ ރައީސް މައުމޫން ވެރިކަން ފުރޮޅަން ހަތިޔާރު އެޅި ކުލީ ސިފައިން ގެނެސް 19 ދިވެހިން ޝަހީދުކޮށްލަން ޚަރަދުކުރި މީހާގެ ދަނބިދަރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވީ މިއަދު ވެރިކަމުގައިކަމަށެވެ. އަދި އެ ދުވަހު ރާއްޖެއަށް އެރި އިންޑިޔާ ސިފައިން ބޭލުވީ ވަރަށް އުނދަގުލުންކަމަށާއި އޭގެ ފަހުން އިންޑިޔާގެ ބާރު ގަދަވީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ވެސް އެ މީހާ ފާހަގަކޮށްފައިވެއެވެ.