ކަރުހަކުރުގެ 3 ވަނަ ސީޒަންގެ ޝޫޓިން ފަށައިގެން ކުރިއަށް އެބަ ދެއެވެ.
ހެއްވާ މަޖާ ބައިތަކަކާއެކު ސީޒަން 2 ނިންމާލާފައިވާ މި ސީރީޒަކީ ބައިސްކޯފުން ގެނެސްދޭ ސީރީޒްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސީރީޒެކެވެ.
މިފަހަރުގެ ސީޒަނުން ވެސް ބެލުންތެރިންނަށް ފެނިގެންދާނީ 12 އެޕިސޯޑެވެ.
ކަރުހަކުރު ސީރީޒް ގެ މައިގަނޑު ކާސްޓުގެ ގޮތުގައި ފެނިގެންދަނީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް، ފިލްމީ ތަރި އަލީ އާޒިމް، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު، އައިޝަތު ޢަލީ އާއި ޙުސައިން ނާޒިމް އެވެ.
މީގެ އިތުރުން ދިވެހި ޗެނަލްގައި މަސައްކަތްކުރާ ނޫސްވެރިޔާ އަފްރާހް ވެސް މުހިންމު ރޯލަކުން ފެނިގެން ދެއެވެ.

މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔެ މުންކޮ ޑައިރެކްޓްކުރާ ކަރުހަކުރު މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.
ބައިސްކޯފުން ކަރުހަކުރުގެ އެޕިސޯޑް ގެނެސްދެނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 21:00 ގައެވެ.