ރަޝިޔާ، ޗައިނާ އަދި އިރާންއިން އެމެރިކާގެ ވޯޓަށް ހަމަލާ ދިނުމުގެ ގޮތުން ހެކުކުރުމަށް ހަމަލާ ދެމުންދާ ކަމަށް މައިކްރޯސޮފްޓްއިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް 2 މަހަށް ވެފައިވާއިރު، މައިކްރޯސޮފްޓްއިންވެސް އަންނަނީ މި އިންތިޚާބު މިފަދަ ހެކަރުންގެ ކިބައިން ދިފާޢުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓްވިޓަރއިން ބުނާ ގޮތުގައި، އަންނަ ހަފްތާއިން ފެށިގެން އެ ޕްލެޓްފޯމުގައި ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި، އަދި ދޮގު މަޢުލޫމާތު ހިމެނޭ ޓްވީޓުތައް ނަގަމުން ދާނެ ކަމުގެ ޕޮލިސީ އަށް ޢަމަލުކުރަން ފަށާނެއެވެ. ގޫގުލްއިން ބުނާގޮތުގައި އެ ކުންފުނިންވެސް އޮޓޯ ފިލިންގް ފީޗަރއިން ދޮގު މަޢުލޫމާތު ފަތުރާ ވެބްސައިޓު ތަކަށް ނުދެވޭ ގޮތަށް ހަދާނެއެވެ.
މައިކްރޯސޮފްޓްއިން ބުނާ ގޮތުގައި، ހެކަރުން މުޅިންހެން ދިމާ ކުރަނީ ރިޔާސީ ދެ ކެނޑިޑޭޓުން ކަމަށްވާ ޓްރަމްޕް އަދި ޖޯ ބައިޑެންއާއި އެ ދެމީހުންގެ އިސް އޮފިޝަލުންނަށެވެ. އަދި މި އެޓޭކަރުން ޔޫރަޕުގެ މައި ޤައުމުތަކުގެ ޕާޓީތަކަށްވެސް ހަމަލާތައް ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.