ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ އިތުރު 05 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ 05 މީހަކު ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހުގައެވެ. ބުރާސްފަތި ދުވަހު އެ ޤައުމުން ޕޮޒިޓިވްވެފައިވަނީ 08 މީހުންނެވެ.
ލަންކާގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އިންފޮމޭޝަނާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ 05 މީހަކު އެ 08 މީހުންގެތެރޭގައި ހިމެނެއެވެ.
ނަމަވެސް ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ މީހުންގެތެރެއިން އިތުރު 05 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. މި ގޮތުން ރާއްޖެއިން ފުރައިގެން ލަންކާއަށް ދިޔަ މީހުންގެތެރެއިން ޖުމްލަ 10 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް ރާއްޖެއިން ލަންކާއަށް އެނބުރި ދިޔަ އެ 10 މީހުންނަކީ އެ ޤައުމުގެ މީހުންކަމެއް ނުވަތަ ދިވެހިންކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ 18:30 އާއި ހަމައަށް ލަންކާއިން 3610 މީހުން ޕޮޒިޓިވްވެފައިވާއިރު މި ބަލީގައި އެ ޤައުމުން 12 މީހަކު ނިޔާވެފައިވެއެވެ.