ސާރާ އަލީ ޚާން އާއި ރާހުލް ޕްރީތް ސިންގ ވެސް އޭނާއާއި އެކު މަސްތުވާ ތަކެތި އެކި ފަހަރު މަތިން ބޭނުން ކުރި ކަމަށް ޖޫންމަހުގެ ތެރޭގައި މަރުވި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ބުނެފިއެވެ.
ސުޝާންތައް މަސްތުވާ ތަކެތި ހޯދައިދީ އެތަކެތި ބޭނުން ކުރި ކަމަށް ރިއާ ވަނީ މީގެ ކުރިން އެއްބަސް ވެފައެވެ. އަދި އޭނާ ވަނީ އެމައްސަލައިގައި ހައްޔަރު ކޮށްފައެވެ. އިންޑީއާގެ ރިޕޯޓުތައް ބުނާ ގޮތުގައި، އެންސީބީގެ ތަހުގީގަށް ރިއާ ދިން މައުލޫމާތު ތަކުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މަސްތުވާ ތަކެތި ބޭނުން ކުރާ 25 މީހެއްގެ ނަން އެނާ ވަނީ ހިއްސާ ކޮށްފައެވެ. އަދި އެމީހުންގެ ތަހުގީގު ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
ތަހުގީގުގައި ރިއާ ބުނެފައިވަނީ، އެނާއާއި އެކު ސާރާ، ޕްރީތް އަދި ސިމޯންވެސް މަސްތުވާ ތަކެތި އެކި ފަހަރު މަތިން އެކި ތަންތާގައި ބޭނުން ކުރާ ކަމަށާއި، އެކަމުގައި ސުޝާންތުވެސް ބައިވެރިވާ ކަމަށެވެ. 14 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ވަނީ ރިއާގެ މައްޗަށް އިއްވާފައެވެ. މީގެ ކުރިން އޭނާ ބުނެފައިވަނީ، އޭނާ އަކީ ދުވަހަކުވެސް މަސްތުވާ ތަކެތި ބޭނުން ކުރި މީހެއް ކަމަށާއި، ސުޝާންތަށް ވެސް މަސްތުވާ ތަކެތި ދުވަހަކުވެސް ހޯދައި ދީފައި ނުވާނެ ކަމަށެވެ، ނަމަވެސް އެންސީބީ އިން ރިއާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރިއިރު އެނާ މަސްތުވާ ތަކެތި ހޯދަން ކުރި މެސެޖު ތަކާއި އެކަމާއި ގުޅޭ ގިނަ ހެކިތަކެއް ވަނީ ފެނިފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންސީބީ އަށް ދިން ބަޔާންތަކުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަސައްކަތްތައް ކުރި ކަމަށާއި އޭނާގެ ކޮއްކޮ މެދުވެރިކޮށް އެފަދަ މުއާމަލާތްތައް ހިންގާ ބައެއްގެ މަސްތުވާތަކެތި ސަޕްލައިކުރުވާފައި ކަމަށެވެ. އަދި 2018 އިން ފެށިގެން ސުޝާންތަކީ މެރުއާނާ އަށް އެޑިކްޓްވެފައިވާ މީހެއް ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަމަށް ރިއާ ބުނެފައިވެ އެވެ. ނަމަވެސް ސުޝާންތު މަޖުބޫރުކޮށްގެން އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާގެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ސުޝާންތު ދަންޖެހިގެން މަރުވި ކަމަށް މުމްބާއީގެ ފުލުހުން ހާމަކުރީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.