ގިނަ ޔުނިވރަސިޓީތަކުން އަހަރުގެ މެދުތެރޭގައި އަންނަ ސަމަރ ބްރޭކަށް މެދުކަނޑާލުމަށްފަހު ކޮވިޑް-19 ގެ އައު ގައިޑްލައިން ތަކަކާއި އެކު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތައް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މި އައު ގައިޑްލައިން ތަކާއި އެކު، ކެމްޕަސްތަކުގައި 6 ދަރިވަރުނަށް ވުރެ ގިނައިން ބައްދަލުވެ ނޫޅެވޭނެއެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެނޮކް ހައުސް އޮފް ކޮމޮންސްގައި ވިދާޅުވިގޮތުގައި، އޭނާގެ އެންމެ ބޮޑު އެއް އިލްތިމާސްއަކީ ދަރިވަރުން އެކަކު އަނެކަކުގެ ރިސްކު ބޮޑު ޢުމުރުން ދުވަސްވީ މައިންބަފައިންނަށް މި ވައިރަސް ފެތުރޭނެފަދަ ގޮތްގޮތަށް ނޫޅުމެވެ.
ޢާންމުގޮތެއްގައި ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދެތިން ހަފްތާއަކީ ޔުނިވަރސިޓީއަށް އަލަށް ވަންނަ ކުދިން ބައްދަލުވެ ފެނިދެނިވި އުޅުމަށް ލިބޭ ހަފްތާތަކެވެ. ނަމަވެސް، މިއަހަރު މިފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ވީހާވެސް މަދުން ދަރިވަރުން އެއް ކުރުމަށް ޔުނިވަރސިޓީތަކުން އަންނަނީ ދުވަސްތައް ތާވަލުކުރަމުންނެވެ.
ޑިޕާޓްމެންޓް އޮފް އެޑިޔުކޭޝަންއިން ބުނާ ގޮތުގައު، ކޮރޯނާ ވައިރަހުގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ، އެ ކުއްޖަކު ގައިދުރުކަން އިސްކޮށް، އަމިއްލަ އަށް އެކަހެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.