އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާ މި މަހުގައި ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާ ބާއްވަން އެ ކުންފުނިން ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހަވީރު 16:00 ގައެވެ.
އެ ކުންފުނިން ހާމަކުރާގޮތުގައި އަހަރީ ޢާންމު ޖަލްސާ ބާއްވާނ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ’ފަހިވޯޓް‘ މެދުވެރިކޮށެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ
ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެއެވެ.
އެމްޓީސީސީގެ މި ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާގޮތަށް ވޯޓަށް އެހުމާއި އަންނަ ދައުރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވެއެވެ.