ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ކްރިމިނަލް ކޯޓު ހިންގެވުން އާދަމް މުޙައްމަދާއި ހަވާލުކުރެއްވީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޖޭއެސްސީގެ ރައްދެއް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ސެޕްޓެމްބަރ 12, 2020
ޚަބަރު
0
ސަރުކާރު ބަންދުކުރި ނަމަވެސް ޝަރީޢަތްތައް ކުރިއަށް ގެންދާނެ – ހިސާން

ކްރިމިނަލް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދާއި ހަވާލުކުރެއްވީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ މީޑިއާގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޚަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ބުނެ ޖޭއެސްސީން އެ ވާހަކަތައް ކުށްވެރިކޮށްފިއެވެ.

ADVERTISEMENT

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސެއިން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާއި ގުޅިގެން ކްރިމިނަލް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދާއި ހަވާލުކުރައްވާފައިވަނީ މި މަހުގެ 08 ވަނަ ދުވަހުގައެވެ. ޖޭއެސްސީން އެ ގޮތަށް ނިންމާފައިވަނީ އެ ދުވަހުގައި ބޭއްވި އެ ކޮމިޝަނުގެ 64 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ކްރިމިނަލް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދާއި ހަވާލުކުރެއްވީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ މީޑިއާގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޚަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރަކު ޗުއްޓީގައި ހުރެއްޖެނަމަ ނުވަތަ ދާއިމީ މަސައްކަތެެއްގައި ވީއްލިފައި ހުރެއްޖެނަމަ ނުވަތަ ޙައްޖާއި ޢުމްރާގެ އަޅުކަމުގައިވާނަމަ ނޫންނަމަ ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ހިންގެވުން ހަވާލުކުރަންވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެތެރެއިން އެންމެ ގިނަދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވާކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އިސް ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ ހާލަތްތަކުގައާއި ދާއިމަށް ހުސްވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެހެން ބޭފުޅަކާއި ހަވާލުކުރާނީ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައިވާގޮތަށްކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ވަގުތީގޮތުން ކޯޓު ހިންގެވުމަށް ފަނޑިޔާރަކާއި ހަވާލުކުރާނީ ކޯޓުގައި ނުވަތަ ދާއިރާގައި ތިބި ފަނޑިޔާރުންގެ ވަނަވަރާއި ރެކޯޑް ފައިލްތަކުގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން ތަޢުލީމާއި ތަޖުރިބާއާއި އަޚްލާޤާއި ޤާބިލުކަމަށް ބަލައި އެކަމަށް އެންމެ އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޖޭއެސްސީގެ މެންބަރުންގެ އަޣްލަބިއްޔަތުންކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ވަނީ އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކިކުރުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން ފަނޑިޔާރުކަމުން އިސްތިއުފާދިނުމަށްފަހު އެ ކޮމިޝަނުން ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމަށްކުރާ މަސައްކަތާބެހޭގޮތުން ކަންހިނގާގޮތް ޢާންމުންނަށް އޮޅުވައިލުމަށްދައްކާ ވާހަކަތައް ކުށްވެރިކޮށްފައެވެ. އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނާނީ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓު ހިންގެވުން އަލްއުސްތާޛު އާދަމް މުޙައްމަދާއި ހަވާލުކުރެއްވީ އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޚަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ބުނެ ޖޭއެސްސީން އެ ވާހަކަތައް ކުށްވެރިކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވަނީ އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީން ޢަމަލުކުރަނީ އުސޫލާއި ޚިލާފަށްކަމަށް ވިދާޅުވެފައެވެ.

މި ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ޤާނޫނު ނަންބަރު 22/2010) 54 ވަނަ މާއްދާގެ (ވ) ގެ ދަށުން ކްރިމިނަލް ކޯޓު ހިންގެވުން އަލްއުސްތާޛު އާދަމް މުޙައްމަދާއި ހަވާލުކުރެއްވިކަން އަންގަވައި ޖޭއެސްސީން ނެރުނު ނޫސްބަޔާން ރީޓްވީޓްކުރައްވާ ރައްދުގައި ހައިލަމް ކުރެއްވި ޓްވީޓުގައި ވަނީ އެ ބަޔާނުގައި ހަވާލާ ދެއްވާފައިވާ މާއްދާއަކީ އިސްފަނޑިޔާރަކު ޢައްޔަންކުރުމުގެ ވާހަކަ ބަޔާންކުރާ މާއްދާއެއްނޫން ކަމަށެވެ. އަދި
ހިންގުން ހަވާލުކުރުމުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރަށް އިސްކަންދިނުމަށް އުސޫލު ހެދުމަށްފަހު އެ އުސޫލާއި ޚިލާފަށް ޖޭއެސްސީން ޢަމަލުކުރަމުންދާކަމަށް ވެސް ހައިލަމް ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ހައިލަމް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ‏ފަނޑިޔާރު އާދަމް މުޙައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ޤާބިލު ފަނޑިޔާރުކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަވެސް ޖޭއެސްސީން ކްރިމިނަލް ކޯޓު ހިންގުން ފަނޑިޔާރު ޢަލީ ރަޝީދާއި ފަނޑިޔާރު އާދަމް މުޙައްމަދާއި ވެސް ހަވާލުކޮށްފައިވަނީ އެ ކޮމިޝަނުން ގެޒެޓްކޮށްފައިވާ އުސޫލާއި ޚިލާފަށްކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

ފެބްރުއަރީ 26, 2021
ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެބްރުއަރީ 26, 2021
އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

ފެބްރުއަރީ 26, 2021
ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ފެބްރުއަރީ 26, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In