ހއ.އިހަވަންދޫން 07 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ އެ ރަށުން ޕޮޒިޓިވްވެފައިވަނީ 06 ބިދޭސީއެއްގެ އިތުރުން ދިވެެއްސެއް ކަމަށެވެ.
އިހަވަންދޫ ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންނަކީ އެ ރަށު ސްކޫލެއް ޢިމާރަތްކުރަން ތިބި ބައެއް ކަމަށެވެ. އަދި އެ މަސައްކަތްކުރަން އެ މީހުން ދަނީ އެޗްޕީއޭގެ ހުއްދައާއި އެކު ފުލުހުންގެ ބެލުމުގެ ދަށުންކަމަށް ވެސް އިހަވަންދޫ ކައުންސިލުން ބުނެއެވެ.
މި ގޮތުނ އެ މީހުންނާއި އެއްވެސް ބަޔަކާއި ބައްދަލުވެފައިނުވާކަމަށާއި އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ނިމިފައިވާކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުނެއެވެ.
އޭގެ އިތުރުން އެ މީހުންގެތެރޭގައި ހައި ރިސްކް މީހަކު ނެތުމުން އެ މީހުން އެ ރަށުގައި ބައިިތިއްބަން ނިންމާފައިވާކަމަށް ވެސް އެ ރަށު ހެލްތު ސެންޓަރުން ބުނެއެވެ.
ކޮވިޑްގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވެ އަތޮޅުތަކުން ބަލި ފެންނަ މިންވަރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.
މުޒާހަރާ ނިންމާލި ކަން އިޢުލާން ކުރިނަމަވެސް އަދިވެސް ބައެއް ބައިވެރިން ދަނީ ސަލްމާން މިސްކިތް ކައިރީގައި އޑު އުފުލަމުންނެވެ.