ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 62 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ޕޮޒިޓިވްވި އެންމެންނަކީ ހުކުރު ދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ 18:00 އަށް ޕޮޒިޓިވްވި މީހުންކަމަށް ބުނެފައެވެ. މި ގޮތުން މި ކޭސްތަކުގެތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 51 ކޭސް ކަމަށާއި 11 ކޭސް ފެނިފައިވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުންކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި އެ މީހުންގެތެރޭގައި ހިމެނެނީ 44 ދިވެހިންކަމަށާއި 18 ބިދޭސީން ކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި ބަލި ޖެހުނު މީހުންގެތެރެއިން އިތުރުމީހުން 209 ވަނީ ރަނގަޅުވެފައެވެ. މި ގޮތުން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 7055 އަށް އިތުރުވެފައިކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި މިހާރު ފަރުވާދެމުން އަންނަނީ 1960 މީހުންނަށެވެ. އަދި އޭގެތެރެއިން 116 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު އަށް އިތުރުވެފައިވާއިރު ބަލިޖެހުނު 31 މީހަކު ވަނީ ނިޔާވެފައެވެ.